ކެލާގެ ދެ ހިދުމަތްތެރީން ކުއްލި މަރު، މުޅި ރަށަށް ހިތާމަވެރި ދުވަހެއް!

Follow @loamaaOnline
--

--


ޑެންގޫ ޖެހިގެން ހއ. ކެލާ ދެ މީހަކު މިއަދު ނިޔާވެއްޖެއެވެ.

މި ދެ މީހުންވެސް މިއަދު ނިޔާވީ ޑެންގޫ ޖެހިގެން ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މިއަދު ނިޔާވި ދެ މީހުންނަކީ ހއ.ކެލާ / ފަރިހިގޭ އުމުރުން 69 އަހަރުގެ އިބްރާހިމް އަފީފް އާދަމް އާއި ހަމަ އެރަށު އިސްތާނާ, އުމުރުން 58 އަހަރުގެ އަހުމަދު ފައިސަލެވެ.

އިބްރާހިމް އަފީފް ނިޔާވީ މިއަދު ފަތިހުގެ ވަގުތެއްގައެވެ. އޭނާއަކީ ގިނަ އަހަރުތަކެއް ވަންދެން ކެލާގެ ކުޑަކަތީބުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އަހުމަދު ފައިސަލް ނިޔާވީ މިއަދު ހެނދުނުއެވެ. އެނގިފައިވާ ގޮތުގައި އަފީފަކީ ފައިސަލްގެ ޅިޔަނެކެވެ. 

ފައިސަލްއަކީ 36 އަހަރަށްވުރެ ދިގު މުއްދަަތެއްގައި ތައުލީމީ ދާއިރާއަށް ހިދުމަތް ކުރައްވާފައިވާާ ބޭފުޅެކެވެ އެގޮތުން ކެލާ ސްކޫލުގެ ހެޑްމާސްޓަރުކަން ގިނަ އަހަރުތަކެއް ވަންދެން ކުރެއްވި ފައިސަލްއަކީ ޓީޗަރެއްގެ މަގާމާއި ޕްރިންސިޕަލެއްގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok