ސިފައިންގެ ފްލެޓްތައް ހަވާލުކުރަން ފަށައިފި

Follow @loamaaOnline
--

ސިފައިންގެ ފްލެޓް-- ފޮޓޯ: ޕީއެސްއެމް


ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސިފައިންގެ ފްލެޓްތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފަށައިފި އެވެ.

ސިފައިންގެ ފްލެޓްތައް އަޅަން ފަށާފައިވަނީ މީގެ ނުވަ އަހަރުކުރިން 2014 ގައެވެ ނަމަވެސް އެކި ސަބަަބުތަކާ ހެދި ނުނިމި ދިގުލައިގެން ގޮސްފައިވާ މި ފްލެޓުތަކުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލައިފަ އެވެ.

ސިފައިންގެ ފްލެޓްތަކުގެ ޓަވަރު އޭ އިން ފެށިގެން އިއްޔެ ވަނީ ފްލެޓްތައް ހަވާލުކުރަން ފަށާފައެވެ. 

އެނގިފައިވާ ގޮތުގައި ސިފައިންގެ ފްލެޓްތަކުގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފްލޯގައި ހަދާ ކޮމާޝަލް އޭރިއާ ފިޔަވައި އެހެން ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިންމާލަައިފައެވެ.

ސިފައިންގެ ފްލެޓްތަކުގެ ބިންގާ އެޅީ 26 ނޮވެމްބަރު 2014 ގަ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok