ދިއްދޫ ފަރަށް އުރުނު ބާޖުގެ ވެރިފަރާތް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

Follow @loamaaOnline
Dhihdhoo farah eri barge

---


މިދިޔަ މެއި މަހު ހއ. ދިއްދޫ ފަރަށް އިންޑިއާގެ އެމްއެމް އެކްސްޕޯޓުގެ ބާޖަކާއި ޓަގެއް އުރި އެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ އުޅަނދުތަކުގެ ވެރިފަރާތް، އެޗުއާރުއެސް އިންފްރާޓެކް ކުންފުނި 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ.

"ޓީބީ މޫތާ ޕްރިންސެސް" ޓަގު ބޯޓާއި "މޫތާ ޕްރައިޑް" ބާޖު އެ ރަށު ފަރަށް އުރުނީ މެއި މަހުގެ ދެވަނަ ދުވަހުއެވެ. އެއީ އެރަށު ބަނދަރު ހަދަން ބޭނުންވާ ބޮޑު ހިލަ ބަރުކޮށްގެން ދިޔަ އުޅަނދުތަކެކެވެ.

އެ ހާދިސާ ހިނގިތާ އެއް ދުވަސް ފަހުން ބާޖު ފުންކުރެވުނު ނަމަވެސް، ޓަގު ބޯޓު ފުންކުރެވުނީ އޭގެ ހަތަރު ދުވަސް ފަހުންނެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނީ އެ އުޅަނދުތައް ފުންކޮށް ނިމުމުން އެ ސަރަހައްދުގެ ތިމާވެއްޓަށް ލިބުނު ގެއްލުންތައް ބެލުމަށް އެ އެޖެންސީއިން މެއި މަހުގެ 12 ވަނަ ދުވަހު އެ ސަރަހައްދަށް ގޮސް އެ އުޅަނދުތަކުގެ ވެރިފަރާތުގެ ސާވެޔަރަކާއެކު ސާވޭކޮށް ބެލި ބެލިބެލުމުން އެ ފަރުގެ 4038 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. 

އެ ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުން އެޗުއާރުއެސް އިންފްރާޓެކް 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްްކުމަށް އަންގާފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ. 

އީޕީއޭއިން އިތުރަށް ބުނީ، އެ އުޅަނދުތައް ފަރަށް އަރައިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު، ޝަރީއަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާއި އެކުގައި ފެށުމަށް ކުރަންޖެހޭ ކަންތައްތައް އެ މައްސަލައިގެ އިސްތިއުނާފް މަރުހަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ހަމަޖައްސާފައިވާ ކަމަށެވެ.   


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok