ކުރެންދޫ ފެނު އަޑީގައި، އެތައް ގެޔަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް!

Follow @loamaaOnline
--

ކުރެންދޫ މަގުމަތީގައި ފެެންބޮޑުވެފައި--


ޅ. ކުރެންދޫއަށް ބޯކޮށް ވާރޭ ވެހި އެ ރަށުގެ ގިނަ ގެތަކަށް ފެން ވަދެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ކުރެންދޫއަށް ރޭ 8:45 ހާއިރު ވާރޭ ވެހެން ފެށި ގޮތަށް ވާރޭ ހުއްޓާލާފައިވަނީ ފަތިހުއެވެ. އަދި ދަންވަރު ގަޑީގައި ދެ ގަޑިއެއްހާ އިރަށް ވަރަށް ބޯކޮށް ވާރޭ ވެހިފައިވެއެވެ. 

"ލޯމާ"އަށް އެނގިފައިވާ ގޮތުގައި ވިއްސާރައިގެ ސަބަބުން އެ ރަށުގެ ގިނަ ގޭގެއަށް ވަނީ ފެންވަދެ ހިފާގެންގުޅޭ ސާމާނާއި ބައެއް އިލެކްޓްރޯނިކް ސާމާނަށް ގެއްލުންތައް ލިބިފައެވެ. އަދި ވިއްސާރައިގެ ސަބަބުން ބައެއް ގެތަކުން ކަރަންޓު ކެނޑިފައިވާއިރު އެ ރަށު ސްކޫލުވެސް ވަނީ ބަންދުކޮށްފައެވެ.

"ބައެއް ގެތަކަށް އެއް ފޫޓު އުސްމިނަށްވެސް ފެން ވަދެފައި އެބަހުރި" އެ ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ. 

ކުރެންދޫގައ ބޮޑުވި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފްއާ ރަށުގެ ރައްޔިތުން ގުޅިގެން މިހާރު އަންނަނީ ކުރަމުންނެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok