ރާއްޖޭގެ ކަނޑުން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ހަތަރު ބޯޓެއް އަތުލައިގެންފި

Follow @loamaaOnline
--

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މީގެ ކުރިން އަތުލައިގަތް މަސް ބޯޓުތަކެއް--- ފޮޓޯ އެމްއެންޑީއެފް


ރާއްޖޭގެ ކަނޑުގެ ސަަރަހައްްދުން މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ހަތަރު ބޯޓެއް އަތުލައިގެންފިއެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގައި ގާނޫނާއި ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ހަތަރު މަސްބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ ބޯޓުތައް އަތުލައިގެންފައިވަނީ އދ. މަހިބަނދޫ "އަސުރުމާ" ދޯނިން ފޯރުކޮށްދިން މައުލޫމާތުގެ އެހީގައި ހިންގި އޮޕަރޭޝަނެއްގައެވެ. ނަމަވެސް އަތުލައިގަތީ ކޮން ގައުމެއްގެ މަސް ބޯޓުތަކެއްކަމެއް އެނގިފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ، އެ އޮޕަރޭޝަން އަދިވެސް ކުރިއަށްދާ ކަމަށެވެ.
 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok