އައްޑޫ ޒުވާނެއްގެ މަރު، އެތައް ބަޔަކަށް ހިތްދަތިކަން!

Follow @loamaaOnline
--

--


ރޯގާ ޖެހިގެން، ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން އައި އައްޑޫ ޒުވާނަކު މަރުވެއްޖެއެވެ.

"ލޯމާ" އަށް އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ އައްޑޫ، މަރަދޫފޭދޫ، ނޫރަންމާގޭ މުހައްމަދު ނީޝަމް އަބްދުލް ގާދިރު 26އ އެވެ.

އެނގިފައިވާ ގޮތުގައި ނީސަމް މަރުވެފައިވަނީ ރޯގާ ޖެހިގެން، ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ރޭގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ މަރުވީ، ރޯގާ ޖެހިގެން އުޅޭތާ ތިން ވަރަކަށް ދުވަސް ފަހުންނެވެ.

"ވަރަށް ބޮޑަށް އިންފެކްޝަން އުފެދިފައި ކަމަށްވަނީ ހުރީ. ހުން އައިސް ރޯގާ ޖެހިގެން އުޅޭތާ ތިން ވަރަކަށް ދުވަސް ފަހުން މަރުވީ" ލޯމާއަށް މައުލޫމާތު ދިން މީހަކު ބުންޏެވެ.

ނީޝަމްގެ ކަށުނަމާދު މިއަދުގެ އަސުރު ނަމާދަށް ފަހު މަސްޖިލް އަލީ ( މަރަދޫފޭދޫ ސަރަހާ މިސްކިތް) ގައި އޮންނާނެއެވެ.

ނީޝަމްގެ ކުއްލި މަރާއެކު އައްޑޫގެ ގިނަ ބަޔަކަށް މިވަނީ ފުން ހިތާމައެއް ކުރިމަތިވެފައެވެ. "ލޯމާ" އިން އެދެނީ ނީޝަމްގެ ފުރާނައަށް ރަހުމަތްލައްވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok