ނަހުލާ އަޅާހާ ފިޔަވަޅެއް ބަލައި ފާރަލައިގެން އުޅުމުގެ ޝައުގެއް ނެތް، އެއީ މިނިވަނެއް: ގާސިމް

Follow @loamaaOnline
--

--


އަނބިކަނބަލުން އައިޝަތު ނަހުލާ އަށް ފުރިހަމަ މިނިވަންކަން އޮންނާނެ ކަމަށާ އެކަމަނާ އަޅާ ކޮންމެ ފިޔަވަޅަކަށް ފާރާލައިގެން ބެލުމުގެ ޝައުގުވެރިކަން ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އަމަލު ކުރާނެ ގޮތެއް ނިންމުމަށް މިއަދު ބޭއްވި ކައުންސިލް ބައްދަލްވުމަށް ފަހު ނޫސްވެރީން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރިޔާސީ އިންތިހާބުގައި ގާސިމަށް ތާއީދު ހޯދަން ކެމްޕެއިނުގައި އިސްކޮށް ހަރަކާތްތެރިވި ނަމަވެސް އެކަމަނާ ވޯޓު ލައްވާފައެއް ނުވެއެވެ. 

އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ގާސިމް ވިދާޅުވީ އެމަނިކުފާނުގެ އަތްބަކަށް ވީތީ ދަރިއަކަށް ވީތީ ވަކި ކަމެއް ކުރުން ލާޒިމު ނޫން ކަމަށެވެ. 

"އޭނާއަކީ [ނަހުލާއަކީ] މިނިވަނެއް. އަޅުގަނޑުގެ އިންޓްރެސްޓެއް ނެތް އޭނާ އަޅާ ކޮންމެ ފިޔަވަޅެއް ބަލާ ފާރަލައިގެން އުޅުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް. އޭނާގެ އަމިއްލަ އިހްތިޔާރުގަައި އޮންނާނީ އެބޭފުޅާ ކަންތައް ކުރައްވާ ގޮތެއް،" ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނިންމީ މި މަހުގެ 30 ގައި އޮންނަ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް އަދި ޕީއެންސީގެ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށްވެސް ތާއީދު ނުކުރުމަށެވެ


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok