ޖޭޕީން ނިންމީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން

Follow @loamaaOnline
Qasim Ibrahim

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް


މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ތާއީދުނުކުރުމަށް ޖުމްހޫރީ ޕާޓީންނިންމައިފިއެވެ.

އެގޮތަށް ނިންމާފައިވަނީ މިއަދު މެންދުރުފަހު ކުނޫޒުގައި ބޭއްވި އެޕާޓީގެ 160 ވަނަ ކައުންސިލް ބައްދަލުވުމުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީން ކުރިއަށްދާނެ ގޮތަކަމާ މެދު ކުރި މަޝްވަރާއަށްފަހުއެވެ. 

ދެވަނަ ބުރުގައި ކޯލިޝަން ހެދުމާއި ނުހެދުމުގެ ބާރު ކައުންސިލުން ދީފައިވަނީ އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށެވެ.

ދެވަނަ ބުރުގައި ޖޭޕީގެ ތާއީދަށް ޕީޕީއެމާއި އެމްޑީޕީން ވެސް އޮތީ އެދިފަ އެވެ. ދެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ވަނީ ސަން އައިލެންޑަށް ވަޑައިގެން ގާސިމްއާ ބައްދަލުކުރައްވައިފަ އެވެ. އެމްޑީޕީގެ ފަރާތުން ވަޑައިގަތީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

"އަޅުގަނޑުމެން ކެންޕޭނުގައި ތާއީދު ހޯދުމަށްޓަކައި ދެއްކި ހުރިހާ ވާހަކަތަކެއްގެ އަލީގައި އަޅުގަނޑުމެންނަށް ފެންނަން ހުރި ޑޮކިއުމެންޓްތަކުން ފެންނަން ހުރި ގޮތުންނާއި، މި ހުރިހާ އެއްޗަކަށް ބަލާއިރު އަޅުގަނޑުމެން ދެއްކި ވާހަކައަކީ ތެދު ވާހަކައެއްކަން ޕްރޫފްވާތީއާ އެކީގައި މިފަހަރު މި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކަށް އަޅުގަނޑުމެން ތާއީދުނުކޮށް ސައިލެންޓްކޮށް ތިބޭނީ. ތިބެފަ އަޅުގަނޑުމެން މަސައްކަތް ކުރާނީ ޕާޓީ ކުރިއަރުވަން،" ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ގާސިމްގެ ނިންމެވުން ކައުންސިލަށް އިއްވަވަމުން ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމަށް ލިބިވަޑައިގަތީ 5،450 ވޯޓެވެ. 

ގާސިމް ވަނީ ކައުންސިލް ބައްދަލުވުމުގެ ކުރިން ޕީޕީއެމާއި އެމްޑީޕީއާ އެކު ކޯލިޝަން މަޝްވަރާތައް ކުރައްވައިފައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok