ކާޑިއެކް އެރެސްޓެއް ޖެހި ހޭނާރާތާ ހަފުތާއެއް، ބޭރަށް ގެންދަން ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ! އާއިލާއިން އެދެނީ އެހީއަށް!

Follow @loamaaOnline
--

--


ކާޑިއެކް އެރެސްޓެއް ޖެހިގެން އޭޑީކޭ ހޮސްޕިޓަލުގައިި ފަރުވާދެމުން އަންނަ ސިފައިންގެ މީހަކު، އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް މާލީ އެހީ ބޭނުންވާތީ އާއިލާއިން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

އެމްއެންޑީއެފްގެ ފަސްޓް ކްލާސް ސާޖަންޓަށް އުޅޭ ނ. މަނަދޫ، މަންޒިލް، ހާލިދު އަލީ 44އ އަށް ކާޑިއެކް އެރެސްޓެއް ޖެހުނީ މިދިޔަ ބުދަ ދުވަހު ސިފައިންގޭގައި ހުންނަ ޖިމްގެ ޓްރެޑްމިލްގައި ދުވަން ހުއްޓައެވެ. އެތަނުން އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހިތް މަސައްކަތެއް ނުކުރެއެވެ.

ހާލިދަށް މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގެ ކާޑިއޮލޮޖީ އުނިޓުގައެވެ. އަދިވެސް އޭނާ ހޭ ނާރާ ކަމަށް އާއިލާއިން ބުނެފައިވެއެވެ. 

ޑޮކްޓަރުން ވަނީ ވީހާޗެސް އަވަހަށް ހާލިދު ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާ ހޯދުމަށް ލަފާ ދީފައެވެ. ނަމަވެސް ހާލިދުގެ ބަލިހާލަތު ހުރި ގޮތުން އޭނާ ބޭރަށް ގެންދެވޭނީ އެއާ އެމްބިއުލާންސެއްގައެވެ. އެކަމަށް ގާތްގަނޑަކަށް 39،000 ޑޮލަރު (ގާތްގަނޑަކަށް 601،380 ރުފިޔާ) ހަރަދުވާއިރު ހާލިދުގެ ބޭސްފަރުވާގެ އެހެން ކަންކަން އާސަންދަ ހަމަޖެހިފައިވާ ކަމަށްވެސް އާއިލާއިން ބުނެފައިވެއެވެ. 

ހާލިދަކީ ދެ ކުދީންގެ ބައްޕައެވެ. އޭނާގެ އެންމެ ހަގު ކުއްޖާއަށް ތިން އަހަރެވެ.  ހާލިދުގެ އާއިލާއިން އެދެނީ އޭނާގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ބޭސްފަރުވާގެ ކަންކަން އަވަސްކުރުމަށް ރައްޔިތުންގެ ދީލަތި އެހީތެރިކަމަކަށެވެ.

ހާލިދުގެ ހާލަތާ ގުޅޭ އިތުރު މައުލޫމާތު ތިރީގައި އެވާ ނަންބަރުން ލިބޭނެ އެވެ.

އާއިލާގެ ފަރާތުން އިބްރާހިމް އަލީ (ފޯނު ނަންބަރު: 9191700)

ދިވެހި ރުފިޔާ އެކައުންޓް ނަންބަރު: 7720328006101
ޔޫއެސް ޑޮލަރު އެކައުންޓް ނަންބަރު: 7720328006102


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok