ގާފަރުގެ މަގުތަކުގައި ޖޯލިފަތި ބެހެއްްޓުމާއި ހަނި މަގުތަކުގައި ގަސް އިންދުން މަނާ، ޖޫރިމަނާކުރާނެ!

Follow @loamaaOnline
Gaafaru

ކ. ގާފަރު މަގެއްގެ މަތި--- ފޮޓޯ: ޓްރެވެލް ޓްރޭޑް މޯލްޑިވްސް


ކ. ގާފަރުގެ މަގުތަކުގައި ޖޯލިފަތި ބެހެއްޓުމާއި ހަނި ގޯޅިތަކުގައި ގަސް އިންދުން މަނާކޮށްފިއެވެ.

ގާފަރު ކައުންސިލުން ވަނީ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މަޝްވަރާއާއެކު "މަގުތަކާއި ގޯޅިތަކާއި އިޖުތިމާއީ ސަރަހައްދުތަކާއި ހޭޅިފަށުގައި ތަކެތި ބެހެއްޓުމާއި،ހަޓުހެދުމާގުޅޭ ގަވާއިދު" އެކުލަވާލައި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

އެ ގަވައިދުގެ 6 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގައި ރަށުގެ މަގުތަކާއި ގޯޅިތަކުގައި ޖޯލިފައްޗާއި ބެންޗާއި ގޮނޑިފަދަ ތަކެތި ބަހައްޓައިގެން ނުވާނެއެވެ. ނަމަވެސް ރަށު ކައުންސިލްގެ ހުއްދައާއެކު ރަށުގެ އިޖުތިމާއީ ސަަރަހައްދުތަކާއި އަތިރިމައްޗާއި ހޭޅިފަށާއި ފިނިމައިޒާންތަކުގައި ޖޯލިފަތި ފަދަ ތަކެތި ބެހެއްޓިދާނެ ކަމަށް ބުނެފައިވެއެވެ.

އެ ގަވައިދުގައި ބުނީ، ފުޅާ މިނުގައި 10 ފޫޓު ހަމަނުވާ މަގުތަކާއި ގޯޅިތަކުގައި އެއްވެސް ކަހަލަގެ ގަހެއް އިންދުމަކީ މަނާކަމެއް ކަމުގައެވެ. ނަމަވެސް ގޭގެ ފާރަށް އަރާ ގޮތަށް ފާރު ކައިރީގައި އިންދާ ވެޔޮ ފަދަ ބާވަތްތައް އިންދިދާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ފުޅާ މިނުގައި 6 ފޫޓު ހަމަނުވާ މަގުތަކާއި ގޯޅިތަކުގައި އެއްވެސް ކަހަލަގެ ގަހެއް އިންދައިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ. އޭގެ ތެރޭގައި ފާރު ކައިރީގައި ބަހައްޓާ ގަސް ޕޮޓުވެސް ހިމެނެއެވެ.

ގާފަރު ކައުންސިލުން ބުނީ، އެ ގަވައިދާ ހިލާފުވާ ފަރާތްތަކަށް ފުރަތަމަ ފަހަރަށް ނަސޭހަތްދީ ދެންވެސް އިސްލާހު ނުކުރާނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި  500 ރުފިޔާއާއި 5،000 ރުފިޔާއިން ޖޫރިމަނާކުރުމުގެ އިހްތިޔާރު ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 140 ވަނަ މާއްދާގެ ދަށުން އެ ކައުންސިލަށް ލިބިގެންވާ ކަމަށެވެ


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok