ބަރަހަނާކޮށްފައި ހިޔާ ފްލެޓެއްގެ ބެލްކަނިން ބޭރަށް ކުޑަކުއްޖަކު ނެރެ، ތަޅުލައި ރަހީނުކޮށްފި

Follow @loamaaOnline
--

--


ބަރަހަނާކޮށްފައި ހިޔާ ފުލެޓެއްގެ ބެލްކަނިން ބޭރަށް ކުޑަކުއްޖަކު ނެރެ ތަޅުލައި، ރަހީނުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ކުއްޖާ ހުރީ ހިޔާ ފްލެޓްގެ ބެލްކަނީގައެވެ. ދައުރުވަމުންދާ ޕޯސްޓުގައި ބުނެފައިވަނީ އެއީ ހިޔާގެ 6 ވަނަ ޓަވަރުގެ ވީޑިއޯއެއް ކަމަށެވެ. ނަމަވެސް އެއީ އެ ޓަވަރުގެ ކޮން ފްލެޓެއް ކަމަށް ނޭނގެއެވެ. 

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، ހިޔާ އެޕާޓްމަންޓެއްގެ ބެލްކަނީގައި ކުޑަކުއްޖަކު ރޯން ހުރި ކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ލިބިގެން ފުލުހުން އެޓެންޑްވެފައިވާ ކަމަށެވެ.

އަދި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށްވެސް ބުންޏެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok