ހިމޭނުން ނުހުރެވޭ ބައްޔަކީ ކޮބައިކަމާއި އޭގެ އަލާމާތްތައް!

Follow @loamaaOnline
---

---


ހިމޭނުން ނުހުރެވޭ ބަލި ހިމޭނުން ނުހުރެވޭ ބަލި (Attention deficit hyperactivity disorder) ނުވަތަ އޭޑީއެޗްޑީ އަކީ ޅައުމުރުގައި (ކުޑަކުދިންނަށް) ދިމާވާ އެންމެ އާންމު "ނިއުރޯޑިވެލޮޕްމެންޓަލް" ޑިސްއޯޑާ އެވެ. 

ހިމޭނުން ނުހުރެވޭ ބަލި ފުރަތަމަ ދެނެގަނެވެނީ ޅައުމުރުގައި ކަމަށްވިޔަސް، ޒުވާން އުމުރަށް އަޅާއިރު ވެސް މިބަލީގެ އުދަނގޫ ދެމިހުންނަގޮތް ވެއެވެ. 

ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންނަށް ކަންކަމަށް ސަމާލުކަން ދޭން ދަތިވުމާއި އިމްޕަލްސިވް ބިހޭވިއާތައް ކޮންޓްރޯލް ކުރުމަށް އުދަނގޫވުމާއި އަދި މާބޮޑަށް ހަލަނިކޮށް އުޅުމަކީ ދިމާވެދާނެ ކަންކަމެވެ. 

ހިމޭނުން ނުހުރެވޭ ބަލީގެ 3 ވައްތަރެއްވެއެވެ. އެއީ:

  • ސަމާލުކަން ގެއްލުން މާބޮޑަށް ހުރުން (Predominantly Inattentive Presentation):
  • މާބޮޑަށް ހަލަނިވުން (ހިމޭނުން ނުހުރެވުން) (Predominantly hyperactive-impulsive presentation):
  • ސަމާލުކަން ގެއްލުމާއެކު، ހިމޭނުން ނުހުރެވުން (combined presentation): 

ހިމޭނުން ނުހުރެވޭ ބަލި ހުންނަ ކުދިންގެ ކިބައިން ފެނިދާނެ އަލާމާތްތައް:

  • މަޑުމަޑުން ނުހުރެވުން (ހިފި ހިމޭނުން ނުހުރެވުން) 
  • ކުއްލި ކުއްލިއަކަށް ރުޅިގަނޑު އައުން
  • އެހެން ކުދިންނަށް އުދަނގޫކުރުން / އެހެން ކުދިންނާއެކު އުޅެން އުދަނގޫވުން
  • ސަމާލުކަން ދެވޭ ދަރަޖަ ކުޑަވުން 
  • ކުރަން ހަވާލުކުރާ މަސައްކަތް ނުނިންމުން
  • އަތްމުނިމުނި ކަވައިގެން އުޅުން 
  • ސަމާލުކަން ގެއްލުން : ތަފާތު ކަންތައްތަކަށް ސަމާލުކަން އެނބުރިގެންދިއުން
  • ފަސޭހައިން ރޮވުން
  • އަވަސް އަވަހަށް މިޒާޖަށް ބަދަލުއައުން 
  • ކުއްލި ރުޅިގަނޑު އައިސް ކޮންޓްރޯލް ކުރަން އުދަނގޫވުން
  • ގިނައިރު އެއްތަނެއްގައި މަޑުން ނުއިދެވުން 
  • ހިނގާލަ ހިނގާލަ، ދުވެލަ ދުވެލާ، އެއްތަނުން އަނެއްތަނަށް އަރާފައިބާ އުޅުން
  • އަނގަ ގަދަވެ، އަވަސް އަރުވާލައިގެން އުޅުން (އަނގަ ގަދަވުން)
  • ކުދިކުދި ކަންތައްތައް ހަދާން ނެތުން
  • އެހެން މީހުންގެ ވާހަކަ މެދުކަނޑުވާލާ ވާހަކަ ދެއްކުން
  • ކުރަން ހަވާލުކުރާ މަސައްކަތް ނުނިންމާ ދޫކޮށްލުން 
  • ފަރުވާކުޑަކަމުން ކަންކަމުގައި ގޯސްތައް ހެދުން
  • ކެތްތެރިކަމެއް ނެތުން (ނުހުރުން) 

ހިމޭނުން ނުހުރެވޭ ބަލި ޖެހުމުގެ ސަަބަބުތައް:

  • އާއިލާގައި ބަލި ދައުރުވަމުން އައުން 
  • ސިކުނޑިއަށް ލިބޭ އަނިޔާ (ހާއްޞަކޮށް ނިއްކުރިމައްޗާއި ދިމާލުން ބޮލުގެ ކުރިމަތިން ސިކުނޑިއަށް ލިބޭ އަނިޔާ)
  • މާހައުލުން ހުށައެޅޭ މާއްދާތައް (މިސާލަކަށް ތިމަރައަށް ހުށަހެޅުން) / ހަށިގަނޑުގައި ތިމަރައިގެ މިންވަރު މަތިވުން 
  • މާބަނޑު ދުވަސްވަރު ބަނގުރާ ބޭނުންކުރުމާއި ދުންފަތުގެ އިސްތިއުމާލުކުރުން
  • ދުވަސްނުފުރާ ވިހެއުން
  • އުފަންވާއިރު ބަރުދަން ލުއިވުން


މަސްދަރު: ޑރ. އަބުދުލް އަޒީޒު ހަމީދު


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok