ޑެފިޓެލިއޯގެ ފޯލްސިފައިންޑް ބެޗްތަކެއް, ސަމާލުވުމަށް އިލްތިމާސްކޮށްފި

Follow @loamaaOnline
--

---


ޑެފިޓެލިއޯ (ޑެފިބްރޮޓައިޑް ސޯޑިއަމް) ގެ ފޯލްސިފައިންޑް، ނުވަތަ ފޭކް ބެޗްތަކަކަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ.

އެ އޮތޯރިޓީން ބުނީ ޑެފިޓެލިއޯގެ ފޯލްސިފައިންޑް(އަސްލު ނޫން) ބެޗްތަކެއް ޔޫރަޕުގެ ތުރުކީގައި އަދި ދެކުނު އިރުމަތީ އޭޝިއާގެ އިންޑިޔާގައި ދައުރުވަމުންދާ ކަމަށް ޑަބްލިއުއެޗްއޯގެ އެލާޓް ކޮށްފައިވާ ކަމަށެވެ.

އެ އޮތޯރިޓީން ބުނީ މިބޭހަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި ހިމެނޭ ބޭހެއް ނޫން ކަމަށާއި ނަމަވެސް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރާ ފަރާތްތަކުންނާއި ނުވަތަ އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާ ނަމަ ޑެފިޓެލިއޯގެ ފޯލްސިފައިންޑް ބެޗްތަކެއް ސަމާލުވާންޖެހޭ ކަމަށެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ބުނީ،  ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އިމްޕޯޓް ކުރާ ބޭސް ހާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރަމުން ގެންދާނެ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok