ޑަބްލިޔުޑީސީ މެންބަރުންނަށް ރޯދަ އެލަވަންސް ދިނުމުގެ ބިލު މަޖިލީހުން ފާސްކޮށްފި

Follow @loamaaOnline
None

None


ރަށްރަށުގެ އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ މެންބަރުންނަށް ރޯދަ އެލަވަންސާއި ޗުއްޓީ ލިބޭގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި އެވެ.

އެ ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާގުންނެވެ. 

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު އެވެ. ބިލުގައި ހިމަނާފައި ވަނީ ރޯދަ އެލަވަންސް ދިނުމުގެ އިތުރުން އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތު ތަފުސީލުކޮށް ގާނޫނުގައި ހިމެނުމަށެވެ. އެހެންކަމުން ސަރުކާރުގެ އެހެން މުވައްޒަފުންނެކޭ އެއްގޮތަށް ޑަބްލިއުޑީސީގެ މެންބަރުންނަށް ވެސް ރޯދަ މަހުގެ ކުރިން ރޯދަ އެލަވަންސްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް 3000ރ. ލިބިގެންދާނެ އެވެ. 

މީގެ އިތުރުން އިޖުތިމާއީ އެކި ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކި ކަންކަން ކުރުމުގެ ގާނޫނީ ބާރު ވެސް ޑަބްލިއުޑީސީއަށް ލިބިގެންދާނެ އެވެ. އެގޮތުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ޖުމުލަ އަދަދުގެ މަދުވެގެން ފަސް ޕަސެންޓު ޑަބްލިއުޑީސީގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރަން ހާއްސަ ކުރަންޖެހޭނެއެވެ.

ޑަބްލިޔުޑީސީގެ މެންބަރުންނަށް ރޯދަ އެލަވަންސް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހު ދަނގެއްޗަށް ކުރެއްވި ދަތުރުފުޅުގައެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok