ބިއޯންޑް އެއާލައިނުން ކެބިން ކްރޫ އާއި ޕައިލެޓުންނަށް ދިވެހިން ހޯޯދަނީ

Follow @loamaaOnline
---

ބިއޯންޑް އެއާލައިންގެ ފްލައިޓެއް--


ލަގްޒަރީ އެއާލައިން "ބިއޯންޑް"އިން ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވާލައިފި އެވެ.

އެ އެއާލައިނުން ވަނީ ޕައިލެޓުންނާއި ކެބިން ކްރޫއިންނާއި ގްރައުންޑް ސްޓާފުންނަށް ދިވެހިން ހޯދުމަށް އިއުލާނުކޮށްފަ އެވެ. 

"ބިއޯންޑް" އިން ބުނި ގޮތުގައި، އެ އެއާލައިނަށް އެކި ދާއިރާތަކުން ނަގާ މުވައްޒަފުންނަށް އެކިއެކި ތަމްރީންތައް ފޯރުކޮށްދީ މުވައްޒަފުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް އެ އެއާލައިނުން ކުރާނެއެވެ. 

"ބިއޯންޑް"ގައި ހުރި ވަޒީފާގެ ފުރުސަތުތަކުގެ މައުލޫމާތު އެ އެއާލައިނުގެ އޮފިޝަލް ވެބްސައިޓުން ފެންނާނެ އެވެ. އަދި ވަޒީފާތަކަށް ވެބްސައިޓު މެދުވެރިކޮށް އެޕްލައިކުރެވޭނެ އެވެ.

"ބިއޯންޑް" އަކީ ސިމްޑީ ގްރޫޕުން ޔޫއޭއީގެ އަރަބެސްކް ކުންފުންޏާ ގުޅިގެން ތައާރަފްކުރާ ލަގްޒަރީ އެއާލައިނެކެވެ.

މީގެ ކުރިންވެސް އެ އެއާލައިނުން ވަނީ ދިވެހީންނަށް ވަޒީފާގެ ފުރުސަތު ހުޅުވާލައިފައެވެ. އެ ފަހަރު އެ އެއާލައިންގެ ކެބިން ކުރޫކަމަށް 4،000 މީހުން ކުރިމަތިލިއެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok