ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހިރިމަރަދޫ ރައްޔިތުން އެދުނު ގޮތަށް، އެރަށު ރައްޔިތުން ހަނިމާދުއަށް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.
ހިރިމަރަދޫ ކައުންސިލްގެ މެންބަރު އަހުމަދު ޝަރީފް ވިދާޅުވި ގޮތުގައި އެ ރަށުގެ ރަޖިސްޓްރީގައި 589 މީހުން ތިބި އިރު ރަށުގައި ދިރިއުޅެނީ 300 އެއްހާ މީހުން ކަމަށެވެ. އަދި ހިދުމަތްތައް ފަސޭހައިން ލިބޭ ރަށަކަށް ބަދަލުވުމަށް ރަށުގެ ގިނަ ރައްޔިތުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.