އެކްސްކާޝަން އަށް ހާއްސަ 27ފޫޓު ސެންޓަރ ކޮންސޮލް ހެޑްސީސް އިން މާކެޓަށް ނެރެފި

Follow @loamaaOnline
Head Seas 27cc main

ފޮޓޯ --- ހެޑްސީސް


ސްޕޯޓްސް ފިޝިން އަދި އެކްސްކާޝަން އެކްޓިވިޓީ ތަކަށް ހާއްސަކޮށްގެން ހެޑްސީސް އިން ފަރުމާ ކޮށް އުފައްދާފައިވާ "ހެޑްސީސް 27cc" މާކެޓަށް ނެރެފިއެވެ. ހެޑްސީސް ޓީމުގެ ފަރާތުން ބުނި ގޮތުގައި މި މޮޑެލް އަކީ ލޯންޗު ބޭނުންކުރާ އަދި ގަންނަން ބޭނުންވާ ގިނަ ފަރާތްތަކާ ވާހަކަ ދެކެވިގެން މިފަދަ އުޅަނދެއްގައި ބޭނުންވާނެ ގިނަ ކަންތައްތައް ހިމަނައިގެން ފަރުމާ ކޮށްފައިވާ މޮޑެލްއެކެވެ.

މި މޮޑެލްގެ ލޯންޗުގެ ދިގުމިނުގައި 27 ފޫޓު 6 އިންޗި ހުންނައިރު ފުޅާ މިނުގައި 8 ފޫޓު 10 އިންޗި ހުރެއެވެ. 150 ހޯސްޕަވަރު ޓްވިން އިންޖިން އަށް އެކަށީގެންވާ ގޮތަށް ފަރުމާ ކޮށްފައިވާ މި ބޯޓުގައި ޖުމުލަ 300 ހޯސްޕަވަރ އާއި 500 ހޯސްޕަވަރ އާއި ދެމެދުގެ އިންޖީނު އެޅިދާނެއެވެ. ސްޓެންޑަޑް މޮޑެލްގައި 400ލ ގެ ތެޔޮޓޭންކް، އަދި 150ލ ގެ ފެންޓޭންކު ހިމެނޭއިރު، މި މޮޑެލް ކަސްޓަމަރު ބޭނުންވާ ގޮތަށް ކަސްޓަމައިޒްކޮށްގެންވެސް ބަނދެވިދާނެއެވެ. 

ކޮލިޓީ، ޑިޒައިން އަދި އިންޖިނިއަރިންގް

ހެޑްސީސްގެ މި މޮޑަލް އަކީ %100 ހެޑްސީސް ގެ އުފެއްދުމެކެވެ. މި މޮޑެލް ފަރުމާކޮށްފައިވަނީ ހެޑްސީސްގެ ކޯ-ފައުންޑަރ އަދި ނެވަލް އާކިޓެކްޓް އަހުމަދު ނިޝާމް އިސްކޮށް ހުންނަވައިގެން ހެޑްސީސް ގެ ޓީމުންނެވެ. ހެޑްސީސްގެ ބޯޓުތައް ސްޓްރަކްޗަރަލް ޑިޒައިން ކޮށްފައިވަނީ އެމެރިކަން ބޯޓް އެންޑް ޔޮޓް ކައުންސިލް (ABYC) ގެ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ. އަދި، ސިސްސަޓަމްތަކާއި އުޅަނދުގެ ސްޓެބިލިޓީ (ސްޓްރަކްޗަރަލް ޑިޒައިން ހިމެނޭ ގޮތަށް) ކުރެވިފައި ވާނީ އައި.އެސް.އޯ (ISO) މިންގަނޑު ތަކަށްވެސް ފެތޭ ގޮތަށެވެ.

ހަލް ފަރުމާކުރުމުގައި، ރާއްޖޭގެ ކަނޑުތަކުގައި އާއްމު ގޮތެއްގައި ހުންނަ ރާޅުގެ މިންގަޑުތަކާއި، އަދި މިފަދަ ރާޅުތަކަށް ހަލްގެ ބިހޭވިޔަރ އަދި، ފެންގަނޑު ހަލްގެ ވަށައިގެން ދައުރުވާނެ ގޮތް އެސެސް ކުރެވި އެކަމަށް ވަރަށްބޮޑު ސަމާލުކަމެއް ދެވިފައިވާނެއެވެ. މީގެ އިތުރުން، އުޅަނދަކީ، ރިކޮމަންޑެޑް ސްޕީޑުގައި ދުއްވާއިރު، އައި.އެސް.އޯ (ISO) ގެ ހިއުމަން ހެލްތް އަދި ކޮމްފޯޓް އޮން ޝިޕްސް ގެ މިންގަޑުތަކަށް ފެތޭ އުޅުދެއްކަން ވާނީ އެސެސް ކުރެވިފައެވެ.

Head Seas 27cc

ހެޑްސީސް 27cc - ހެޑްސީސް ބޯޓްސް


ހެޑްސީސް އިން ފާހަގަ ކުރި ގޮތުގައި ފައިބަރު ކުރުމުގައިވެސް ހެޑްސީސްއިން ގެންގުޅޭ މިންގަނޑުތަކަކީ ބޭރުގައުމުތަކުގައި މިފަދަ އުޅަނދު އުފެއްދުމުގައި ބެސްޓް ޕްރެކްޓިސްގެ ގޮތުގައި ބޭނުންކުރާ މިންގަނޑުތަކެވެ. އަދި ފައިބަރު ކުރުމުގައި ހެޑްސީސް އިން ބޭނުންކުރާ ފައިބަރ ސާމާނަކީ ފެންވަރު ރަނގަޅު މެރީން ގްރޭޑުގެ ތަކެއްޗެވެ. އުޅަނދުފަހަރުގެ ބޭނުންކުރެވޭ މުއްދަތު އިތުރުކޮށް މެއިންޓެނެންސް ހަރަދު ކުޑަކުރުމުގައި މިކަމުން ވަރަސް ބޮޑު އެހީއެއް ލިބޭނެ ކަމަށް ހެޑްސީސްގެ ޓީމުން ބުންޏެވެ.

Head Seas 27cc

ހެޑްސީސް 27cc ގެ ފުރަތަމަ ލޯންޗު


"އަޅުގަނޑުމެންގެ މަގްސަދަކީ، ރާއްޖޭގައި ބޯޓްބިލްޑިންގްގައި މި ހުރި މައްސަލަތައް ހައްލުކުރުމުގައި އިސްނެގުން. މިސާލަކަށް އުފެއްދުމުގެ ފެންވަރު (ބިލްޑް ކޮލިޓީ) ނުވަތަ ވަގުތައް މަސައްކަތް ނިންމައި ވެރިފަރާތާއި ހަވާލުކުރުން" – ހެޑްސީސްގެ ފަރާތުން ބުންޏެވެ. 

ހެޑްސީސް އިން ވަނީ މިހާތަނަށް ހުރިހާ ޕްރޮޖެކްޓެއްވެސް ވަގުތަށް ނިންމައި ކަސްޓަމަރުންނާއި ހަވާލުކޮށްފައެވެ.

އުފެއްދުމުގެ މުއްދަތު އަދި ފައިސާ ދެއްކުން

27cc މޮޑެލްގެ ލޯންޗެއް އުފެއްދުމަށް ނަގާ މުއްދަތަކީ 4 މަސްދުވަހެވެ. ލޯންޗު ބަންނަށް ބޭނުންވާ ފަރާތްތަކަށް ފައިސާ ދެއްކުން ފަސޭހަ ކުރުމުގެ ގޮތުން، 4 އިންސްޓޯލްމަންޓަކަށް ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމު ހެޑްސީސް އިން ހަމަޖައްސައިދެއެވެ.

ހެޑްސީސް ބޯޓްޔާޑު

ހެޑްސީސްގެ ބޯޓު ޔާޑު ހުންނަނީ ތ. ހިރިލަންދޫގައެވެ.

އިތުރު މައުލޫމާތު

މި މޮޑަލްއާއި ބެހޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 9974666 އަށް ވަޓްސްއެޕް މެދުވެރިކޮށް މެސެޖު ކޮށްގެން ކުރިޔަށް ގެންދެވޭނެއެވެ. (މެސެޖު ކުރެއްވުމަށް ތިރީގައިވާ ބަޓަނަށް ފިތާލައްވާ)

Chat on WhatsApp

ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok