ޝަރުތު ހަމަވާ އެންމެންނަށް އައްޑޫން ގޯތި ދިނުމަށް ނިންމައިފި

Follow @loamaaOnline
addu city

އައްޑޫ ސިޓީ--- ފޮޓޯ: އަލީ އިބްރާހިމް


އައްޑޫ ސިޓީން ގޯއްޗައް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދިނުމައް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ސިޓީ މޭޔަރު, އަލީ ނިޒާރު ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީއިން ގޯއްޗައް އެދުނު ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަށް ގޯތިދޭން ކައުންސިލުން ނިންމާފައިވާ ކަމަށާއި، އަލަތު ކައިވެނި ނުކޮށް ތިބި ނަމަވެސް ޒުވާނުންނަށް ގޯތި ދޭނެކަމަށެވެ.

ނިޒާރު ވަނީ އައްޑޫން ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓް މާދަމާ އިއުލާނުކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ. 

ނިޒާރު ވިދާޅުވީ، އައްޑޫގެ އެކި ރަށްރަށުން ދޫކުރާ 1،000 ގޯއްޗަށް އެދި 4،160 ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ޝަރުތު ހަމަވަނީ 3،972 މީހެއްގެ ކަމަށް ނިޒާރު ވިދާޅުވިއެވެ. ޝަރުތު ހަމަނުވާ 188 މީހުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ އޭނާ ވިދާޅުވިއެވެ.

އައްޑޫން ގޯތި ދޫކުރަން ނިންމައި ކުރިމަތިލާން ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުއެވެ. ފުރަތަމަ އިއުލާނުކުރީ 1،000 ގޯތި ދޫކުރާށެވެ. އެއީ ހިތަދޫން 500 ގޯއްޗާއި ފޭދޫން 300 ގޯއްޗާއި ހުޅުދު އާއި މީދޫގެ ކޮންމެ ރަށަކުން 100 ގޯއްޗެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok