ޓްރޯމާ އާ ބެހޭ ގޮތުން އެނގުން މުހިއްމު ކަންތައްތައް

Follow @loamaaOnline
Trauma Self Awareness

---


ޓްރޯމާ އަކީ ކޮބާ؟

ޓްރޯމާ އަކީ އެކްސިޑެންޓެއް، ރޭޕް ނުވަތަ ގުދުރަތީ ކާރިސާއެއް ފަދަ ބިރުވެރި ހާދިސާއަކަށް ހަށިގަނޑު އަދި ސިކުނޑިން ދޭ ޖަޒުބާތީ ޖަވާބެކެވެ. އެ ހާދިސާއަށް ފަހު ވަގުތުން ޝޮކާއި އިންކާރު ކުރުމަކީ އާދައިގެ ކަމެކެވެ. ދިގު މުއްދަތަކަށް ކުރިމަތިވާ ރިއެކްޝަންތަކުގެ ތެރޭގައި ލަފާނުކުރެވޭ ޖަޒުބާތުތަކާއި، ފްލެޝްބެކްތަކާއި، ގުޅުންތައް ގޯސްވުމާއި، އަދި ބޮލުގައި ރިހުން ނުވަތަ މޭނުބައިކުރުން ފަދަ ޖިސްމާނީ އަލާމާތްތައް ވެސް ހިމެނެއެވެ. 
މި އިޙްސާސްތަކަކީ އާދައިގެ ކަމެއް ކަމުގައި ވިޔަސް، ބައެއް މީހުންނަށް ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ދަތިތަކެއް ކުރިމަތިވެއެވެ.އެމީހުންގެ ޖަޒުބާތުތައް (އިމޯށަންތައް) މެނޭޖްކުރުމަށް ބިނާކުރަނިވި ގޮތްތައް ހޯދުމަށް ނަފްސާނީ މާހިރުންނަށް އެހީތެރިވެދެވިދާނެ އެވެ. 

ޓްރޯމާގެ ވައްތަރުތައް. ޓޮރޯމާ އާންމު ގޮތެއްގައި ބެހެނީ 3 ބަޔަކަށެވެ. 

އޭގެތެރެއިން އެކިއުޓް އިމޯޝަނަލް ޓްރޮމާ އަކީ އެއް ހާސްކަމެއްގެ ތެރޭގައި އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ދިމާވާ އިމޯޝަނަލް ރެސްޕޮންސް އެވެ. މިސާލަކަށް ގުދުރަތީ ކާރިސާއެއް، ނުވަތަ އެކްސިޑެންޓެއް.

އަދި ކްރޮނިކް އިމޯޝަނަލް ޓްރޮމާ އަކީ މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން ދިގުދެމިގެންދާ ނުވަތަ ތަކުރާރުކޮށް ދިމާވާ ހާސްކަމުގެ ސަބަބުން މީހަކަށް ލިބޭ ދިގުމުއްދަތުގެ ޖަޒުބާތީ ޖަވާބެކެވެ. (އިމޯޝަނަލް ރެސްޕޯންސް އެކެވެ). މިސާލަކަށް އެބިއުސިވް ރިލޭޝަންޝިޕެއްގައި ގިނަދުވަހު އުޅުން.

 މީގެ އިތުރުން ކޮމްޕްލެކްސް އިމޯޝަނަލް ޓްރޮމާ އަކީ ގުޅިފައިވާ ނުވަތަ ނުގުޅިދާނެ ތަފާތު އެތައް ހާސްކުރުވަނިވި ހާދިސާތަކަކާ ގުޅިފައިވާ އިމޯޝަނަލް ރެސްޕޮންސް އެވެ. 


ޓްރޮމެޓިކް އިވެންޓްތަކުގެ ބާވަތްތައް
ޓްރައުމަޓިކް އިވެންޓްތަކުގެ ތެރޭގައި ހިމެނެނީ:

  • ކުޑަކުދިންނަށް ކުރާ އަނިޔާ
  • ކުޑަކުދިންނަށް އިހުމާލުވުން
  • ބުލީ ކުރުން
  • ޖިސްމާނީ އަނިޔާ
  • ގެވެށި އަނިޔާ
  • މުޖުތަމަޢުގައި އަނިޔާވެރިކަން
  • ގުދުރަތީ ކާރިސާތައް
  • މެޑިކަލް ޓްރޯމާ 
  • ޖިންސީ ގޯނާ
  • ޖިންސީ ވިޔަފާރި ކުރުން
  • ޑްރަގް  ބޭނުންކުރުން
  • ބަހުގެ ގޯނާ
  • އެކްސިޑެންޓް
  • ހަނގުރާމަ

ޓްރޮމާގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ އަސަރުތަކަކީ ކޮބާ؟

ޓްރޮމާގެ ސަބަބުން ދިރިއުޅުމުގެ ގިނަ ދާއިރާތަކަށް އަސަރުކުރާއިރު، އޭގެ ތެރޭގައި ޖަޒުބާތީ، އިޖުތިމާއީ އަދި ޖިސްމާނީ ދުޅަހެޔޮކަން ހިމެނެ އެވެ.އިންތިހާއަށް ސްޓްރެސްގެ ތެރޭގައި ހަށިގަނޑާއި ސިކުނޑި ފޫހިވެ، ނާރުތަކުގެ ނިޒާމަށް ގެއްލުންވެ، ސިކުނޑި ފައިޓް އޮރް ފްލައިޓް މޯޑްއަށް ދެއެވެ. 


ޓްރޮމެޓިކް ސްޓްރެސް ތިބާގެ ޖިސްމާނީ ސިއްހަތުގައި ވެސް ފެނިދާނެ އެވެ. ހަށިގަނޑަށް ކުރާ އަސަރުތައް ސޮމެޓިކް ސިމްޕްޓޮމްސްގެ ނަމުން މަޝްހޫރުވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ؛

  • ދިގުދެމިގެންދާ ރިހުން
  • ނިދުމުގެ މައްސަލަތައް
  • މޭގައި ރިއްސުން
  • ބޮލުގައި ރިއްސުން


ޓްރޮމާ އާއި ގުޅިފައިވަނީ ކޮން ނަފްސާނީ ސިއްހީ ހާލަތްތަކެއް؟

ޓްރޮމާއަކީ ސިއްހީ އެކިއެކި ހާލަތްތަކާ ގުޅިފައިވާ ކަމެއް ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ؛

1.  ޕީޓީއެސްޑީ 

ޓްރޮމާ ތަޖުރިބާކުރާ ކޮންމެ މީހަކަށް ޕީޓީއެސްޑީ ނުޖެހޭ ނަމަވެސް ގާތްގަނޑަކަށް %20 މީހުންނަށް ޑައިގްނޯސްޓިކް ކްރައިޓީރިއާ ފުރިހަމަވާނެއެވެ.

2.    ޑިސޯސިއޭޓިވް ޑިސްއޯޑަރސް.   (ޑިސޮސިއޭޝަން އަކީ ޓްރޮމާއަށް އާންމުކޮށް ހަށިގަނޑު އަދި ސިކުނޑިން ލިބޭ ރެސްޕޯންސް އެކެވެ).

3.     އެމެރިކަން ސައިކިއޭޓްރިކް އެސޯސިއޭޝަނުން ބުނާ ގޮތުގައި ޑިސޯސިއޭޓިވް ޑިސްއޯޑަރސްގެ %90 އަކީ ޓްރޮމާ އާއި ގުޅުން ހުރި ޑިސްއޯޑަރސް ތަކަކަށް ވެދާނެއެވެ.

 ޑިސޯސިއޭޓިވް ޑިސްއޯޑަރސްގެ ތެރޭގައި ހިމެނެނީ؛

ޑިސޯސިއޭޓިވް އައިޑެންޓިޓީ ޑިސްއޯޑަރ: ޑިސޯސިއޭޓިވް އައިޑެންޓިޓީ ޑިސްއޯޑާ (ޑީއައިޑީ) އަކީ ނަފްސާނީ ސިއްހަތުގެ ހާލަތެކެވެ. ޑީއައިޑީ ހުންނަ މީހުންގެ ވަކި ދެ އައިޑެންޓިޓީ ނުވަތަ އެއަށްވުރެ ގިނަ އައިޑެންޓިޓީ ހުރެއެވެ. މި ޝަޚުޞިއްޔަތުތަކުން އެމީހުންގެ ސުލޫކު( ބިހޭވިއަރ) ކޮންޓްރޯލް ކުރަނީ އެކި ވަގުތުތަކުގައެވެ. ކޮންމެ އައިޑެންޓިޓީއެއްގައިވެސް އަމިއްލަ ޒާތީ ތާރީޚަކާއި ސިފަތަކާއި ކަމުދާ ކަންކަމާއި ނުރުހޭ ކަންތައްތަކެއް ހުރެއެވެ. ޑީއައިޑީގެ ސަބަބުން ހަނދާނުގައި ފަރަގުތަކާއި ހޭލޫސިނޭޝަންތައް އުފެދިދާނެ (މިސާލަކަށް ހަގީގީ ނޫން ކަންކަމަކީ ހަގީގަތް ކަމަށް ދެކެވުން، އަދި ގަބޫލު ކުރެވުން). 

ޑިސޯސިއޭޓިވް އެމްނީޝިއާ ނުވަތަ ޑިސޯސިއޭޓިވް ފިއުގް: ޑިސޯސިއޭޓިވް އެމްނީޝިއާ އަކީ ވަކި ހަނދާންތަކެއް މީހަކަށް ނުލިބޭ ގޮތަށް ހަނދާން ނެތުމުގެ ވައްތަރެކެވެ. އާންމުކޮށް މިކަން ދިމާވަނީ އެއް ނުވަތަ އެއަށްވުރެ ގިނަ ބޮޑެތި ޓްރައުމަޓިކް ހާދިސާތަކެއްގެ ސަބަބުންނެވެ.

ޑިޕާސަނަލައިޒޭޝަން/ޑިރިއަލައިޒޭޝަން ޑިސްއޯޑަރ: ޕާސަނަލައިޒޭޝަން-ޑިރިއަލައިޒޭޝަން ޑިސްއޯޑަރ ޖެހެނީ ހަށިގަނޑުގެ ބޭރުން އަމިއްލައަށް ފާރަވެރިވާ ކަމުގެ އިހުސާސް ނުވަތަ ވަށައިގެންވާ ކަންތައްތައް ހަގީގީ ނޫން ކަމުގެ އިހުސާސް ނުވަތަ އެދެކަންތައް ވެސް ގަދަކަމުން ނުވަތަ ތަކުރާރުކޮށް އިހުސާސް ކުރެވުމުންނެވެ. ޑިޕާސަނަލައިޒޭޝަން އާއި ޑިރިއަލައިޒޭޝަންގެ އިހުސާސްތަކަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެ އަދި މި އުޅެވެނީ ހުވަފެނެއްގައި ކަމުގެ އިހުސާސް ކުރެވިދާނެއެވެ. 

ޓްރޯމާގެ އިހުސާސް ތަކުން އަރައިގަންނާނީ ކިހިނެއް؟

  1.    ތެރަޕީ ނެގުން
  2.    އަމިއްލަ ނަފްސަށް އަޅާލުން
  3.    ޖާނަލް ކުރުން
  4.    މިހަކާ ޝެއަރ ކުރުން

ޓްރޯމާގެ ސަބަބުން ބޮޑުވަރުވާ މީހުންނަށް އެންމެ އަވަސް މުއަދަތެއްގެ ތެރޭގައި އެހީވެ ތެރަޕީއާއި ހަމައަށް ގެންދިޔުން ވަރަށް މުހިއްމެވެ. ދިރިއުޅުމުގެ އެކި ހިސާބްތަކުން މީގެ އަސަރުކުރުމަކީ އެކަށީގެންވާކަމެކެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok