ރާއްޖެއިން ހިމަބިހި ޖެހިފައިވާ މީހަކު ފެނިގެން ކޮންޓެކްޓް ޓްރޭސިން ހަދަނީ

Follow @loamaaOnline
--

--


ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ ހިމަބިހީގެ ޕޮޒިޓިވް ކޭސްއެއް ފެނިގެން، އޭނާއާ ކޮންޓެކްޓް ވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަށައިފި އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި ހިމަބިއްސަށް ޕޮޒިޓިވްވި ކޭސްއެއް ފެނުނީ އިއްޔެ ކަމަށެވެ. އަދި ހިމަބިހި ޖެހުނު މީހާއާ  ކޮންޓެކްޓުވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"ބަލި ޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ވެކްސިން ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ރިންގް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދެވޭނެ،" އެޗްޕީއޭ އިން ބުންޏެވެ.

ހިމަބިހި ޖެހިފައި ހުރި މީހަކު މިދިޔަ މަހާއި ޖުލައި މަހު ވެސް ރާއްޖެއިން ފެނުނެވެ. ނަމަވެސް ރާއްޖެއިން ބޭރުން ބަލި ޖެހިގެން އައި މީހުންނެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok