ރައީސް ނަޝީދު ޑިމޮކްރެޓްސްގެ ދިދައާއި ބެނާ ފެއްސެވުމުގައި!

Follow @loamaaOnline
--

---


ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ދަ ޑިމޮކްރެޓްސްގެ ދިދައާއި ބެނާ ފެއްސެވުމުގައި ހަރަކާތްތެރިވާ ވީޑިއޯއެއް އާއްމު ވެއްޖެއެވެ.

ރައީސް ނަޝީދަކީ، ޑިމޮކްރެޓްސްގެ ބާނީއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއިން ވާދަކުރަނީ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބެވެ. ރަނިންމޭޓަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ.

ރައީސް ނަޝީދު ގެންދަވަނީ، އިލްޔާސް ލަބީބަށް ކެމްޕެއިން ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މަގުމަތީގެ ހަރަކާތްތަކާއި ޕިކަޕު ބުރުތަކާއި ދޮރުން ދޮރުން ހިންގެވުމުގެ ހަރަކާތްތަކުގެ އެ މަނިކުފާނު ބައިވެރިވެވަޑައިގެންފައިވެއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ނަޝީދު ގެންދަވަނީ ވަރަށް ފަރިތަކަމާއެކު ފަހާ ފޮއްޓަކުން ދިދައެއް ފައްސަވަމުންނެވެ. އަދި ބައެއް ބެނާތަކުގައި ނަން ޖެހުމުގައިވެސް ނަޝީދު ހަރަކާތްތެރިވާ މަންޒަރު ފެނެއެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok