ލޯންޗުގެ ނިޒާމަކުން ހޮސްޕިޓަލްތައް ގުޅާލުމުގެ ހިދުމަތް ފަށައިފި

Follow @loamaaOnline
-

މޯލްޑިވސް ހެލްތު ލައިންގެ ލޯންޗުތައް ހޮސްޕިޓަލްތަކަށް ހަދިޔާ ކުރަނީ - ފޮޓޯ: ނިޝާން އަލީ / މިހާރު


ސިއްހީ ފަރުވާގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށްޓަކައި "މޯލްޑިވްސް ހެލްތު ލައިން" މިއަދު އިފުތިތާހުކޮށްފި އެވެ.

"މޯލްޑިވްސް ހެލްތު ލައިން"ގެ ދަށުން އަތޮޅު ހޮސްޕިޓަލްތަކަށް ވަނީ ބާރު ސްޕީޑްގެ ލޯންޗުތަކެއް ހަދިޔާކޮށްފަ އެވެ. 

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެ ހޮސްޕިޓަލްތަކުން އޮޕަރޭޓްކުރާ އެ ލޯންޗުތައް ބޭނުން ކުރާނީ ކައިރި ރަށްރަށުގައި އައުޓްރީޗް ޕްރޮގްރާމްތައް ހިންގުމަށާއި ލެބް ސާމްޕަލް ފަދަ ތަކެތި އުފުލުމަށެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހޮސްޕިޓަލްތަކަށް ހެލްތު ލައިންގެ ލޯންޗުތައް ވަނީ ހަދިޔާކޮށްފއެވެ. އެ ލޯންޗުތައް ހަދިޔާ ކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ. 

"މޯލްޑިވްސް ހެލްތު ލައިން'ގެ ހިދުމަތް މިއަދު ފަށާފައިވަނީ 8 ލޯންޗަކާއެކުގައެވެ. ނަމަވެސް ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މި އަހަރުގެ ނޮވެންބަރުގެ ނިޔަލަށް އެ ހިދުމަތަށް 20 ލޯންޗު ބޭނުންކުރާނެއެވެ. 

"މޯލްޑިވްސް ހެލްތު ލައިން" އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ އެ ހިދުމަތުގެ ތެރެއިން ވަރަށް އަވަހަށް ޑްރޯން ޓެކްނޮލޮޖީ ބޭނުންކޮށްގެން މޮބައިލް ލެބޯޓްރީގެ ހިދުމަތްވެސް ފަށާނެ ކަމަށާއި އެ އިންތިޒާމުތައް މިހާރު ހަމަޖެހިފައިވާ ކަމަށެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok