ހަ މަހުން 39،000 އިތުރުކޮށް، އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީއެންސީ

Follow @loamaaOnline
None

--


މިވަގުތު އެންމެ ވާދަވެރި ދެ ޕާޓީ ކަމުގައިވާ، ވެރިކަމުގައި އޮތް ޕީއެންސީގެ މެންބަރުންގެ އަދަދު 68،000 އަށް އަރައި އިދިކޮޅު އެމްޑީޕީގެ މެންބަރުންގެ އަދަދު 43،000 އަށް ދަށްވެއްޖެކަން އިލެކްޝަންސް ކޮމިޝަން (އީސީ)ން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

އީސީން މިއަދު ވަނީ، މިދިޔަ އަހަރުގެ ނިޔަލަށް އެ ކޮމިޝަނަށް ލިބިފައިވާ ފޯމުތައް ޕްރޮސެސްކޮށް ނިންމައި އެ ކޮމިޝަންގެ ވެބްސައިޓުގައި ޕާޓީތަކުގައި މިހާރު މެންބަރުން ތިބި އަދަދުތައް ހާމަކޮށްފަ އެވެ. 

ތަފާސްހިސާބުތަކަށް ބަލާއިރު، މެންބަރުން އިތުރުކުރުމުގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދައިފައިވަނީ ވެރިކަން ކުރާ ޕީއެންސީންނެވެ. އެގޮތުން މީގެ ހަ މަސް ކުރިން މިދިޔަ ޖުލައި މަހު އެ ޕާޓީގެ ދަފްތަރުގައި 28،000 މެންބަރުން ތިބި ނަމަވެސް މިދިޔަ އަހަރުގެ ނިޔަލަށް އެ ޕާޓީއަށް ވަނީ 39،000 މެންބަރުން އިތުރުވެފައެވެ. 

މި އަދަދުތަކާ އެކު، ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދަކަށް މެންބަރުން ހަމަކުރި ޕާޓީއަށް  ޕީއެންސީ ވަނީ ވެފައެވެ. 

އިދިކޮޅު އެމްޑީޕީގެ މެމްބަރުންގެ އަދަދު ދަށްވީ 43،755 އަށެވެ. އޭގެ ކުރިން އެ ޕާޓީގައި 50،000 އަށް ވުރެ ގިނަ މެންބަރުން ތިބިއިރު، މަދުވެފައި ވަނީ 7،000 އެއްހާ މެންބަރުންނެވެ.

ޕީއެންސީއަށް 39،000 މެންބަރުން އިތުރުވިއިރު، މިހާރު އުވާލަން ނިންމާފައިވާ ޕީޕީއެމްގެ މެންބަރުން 34،000 އިން  ވަނީ  12،000 އަށް ވަނީ ތިރިވެފަ އެވެ.


އެހެން ޕާޓީތަކުގެ މެންބަރުންގެ އަދަދުތައް:

  • ޖުމްހޫރީ ޕާޓީ: 13،826 (ކުރިން ތިބީ 17،300 މެންބަރުން)
  • އެމްޑީއޭ: 9،210 (ކުރިން ތިބީ 8،200 މެންބަރުން)
  • އަދާލަތު ޕާޓީ: 9،049 (ކުރިން ތިބީ 8،500 މެންބަރުން)
  • އެމްއެންޕީ: 6،050 (ކުރިން ތިބީ 7،519 މެންބަރުން)
  • އަދާލަތު ޕާޓީ 9،049 (ކުރިން ތިބީ 8،500 މެންބަރުން)
  • ޑިމޮކްރެޓްސް: 3،667 (ކުރިން ތިބީ 4،300 މެންބަރުން)
  • ޕީއެފްއެފް: 2،822 ( ކުރިން ތިބީ 3000 މެމްބަރުން)
  • އެމްޑީޓީ: 2،359 (ކުރިން ތިބީ 3،100 މެންބަރުން)
  • އެމްއާރުއެމް: 1،867 (ކުރިން ތިބީ 2،200 މެންބަރުން)

ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok