ޗައިނާ ޓޫރިސްޓުން ގޮވައިގެން މޯލްޑިވިއަންގެ އެެއާބަސް އޭ-330 ރާއްޖެއަށް

Follow @loamaaOnline
None

ޗެންގްޑޫއިން އައި ފްލައިޓުން ޓޫރިސްޓުން ފައިބަނީ: މިއީ މޯލްޑިވިއަންގެ ވައިޓްބޮޑީ މަތިންދާބޯޓުގައި ޗައިނާއިން ރާއްޖެއަށް ބޭއްވި ފުރަތަމަ ފްލައިޓް --- ފޮޓޯ/މޯލްޑިވިއަން


މޯލްޑިވިއަން އިން އަލަށް ގެނައި ވައިޑްބޮޑީ މަތިންދާބޯޓު، އެއާބަސް އޭ-330 ގައި ޗައިނާގެ ޗަންގްޑޫއަށް ކުރި ފުރަތަމަ ދަތުރުގައި 172 ފަތުރުވެރިން ރާއްޖެ ގެނެސްފިއެވެ.

މި ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ހެނދުނު ޖެއްސިއިރު، ފްލައިޓުން 192 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މޯލްޑިވިއަން އިން އަލަށް ގެނައި އޭ 330-200 ގެ ވައިޑްބޮޑީ މަތިންދާ ބޯޓު ޗައިނާގެ ޗަންގްޑޫއަށް ކުރި ފުރަތަމަ ދަތުރު އިއްޔެ ކޮށްފައިވާއިރު، މިއީ މޯލްޑިވިއަންގެ މަތިންދާ ބޯޓު މި ގޮތަށް ކުރާ ފުރަތަމަ ދަތުރެވެ.

މަތިންދާ ބޯޓުގެ ފުރަތަމަ މަންޒިލް ކަމަށްވާ ޗައިނާގެ ޗެންގްޑޫ އަށް ދެކޮޅު ޓިކެޓެއްގެ އަގަކީ 688 ޑޮލަރު (10،610ރ.) އެވެ. ޗަންގްޑޫގެ އިތުރުން ބެއިޖިންގެ ދެކޮޅު ޓިކެޓެއްގެ އަގު 788 ޑޮލަރު (12،151ރ.) އަށް އަރާއިރު، ޗައިނާގެ ޝެންހާއީގެ ދެކޮޅު ޓިކެޓުގެ އަގަކީ 777 ޑޮލަރު (11،981ރ.) އެވެ.

މޯލްޑިވިއަންގެ މި މަތިންދާ ބޯޓަކީ އެއްވެސް ތަނަކު ނުޖައްސާ 13،000 ކިލޯމީޓަރަށް ދަތުރުކުރުމުގެ ކެޕޭސިޓީ ލިބިފައިވާ މަތިންދާ ބޯޓެކެވެ. މޯލްޑިވިއަންގެ ދަތުރުތައް ބެއިޖިން އަށް މި މަހުގެ 24 ގައި ފަށާއިރު، ޝެންހާއީ އަށް ފަށާނީ މި މަހުގެ 27 ގައެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok