ޒަކިއްޔާގެ މަރުގެ ތަހުގީގުގައި އެފްބީއައި ބައިވެރިކޮށްފި

Follow @loamaaOnline
None

ޒަކިއްޔާ މޫސާ--


ނ. ހޮޅުދޫގައި މިދިޔަ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވާ ޒަކިއްޔާ މޫސާ ފެނުނު މައްސާލަގައި ކަން ހިނގި ގޮތާ މެދު ޝައްކުތައް ގިނަވެފައިވަނިކޮށް އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ އެހީ ފުލުހުން ހޯދަން ފަށައިފި އެވެ.

ޒަކިއްޔާ މުސާ، 50، ނިއުލައިފް، ނ. ހޮޅުދޫ މަރުވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގުދަން ތެރޭގަ އެވެ. 

ޒަކިއްޔާގެ މަރާ މެދު ޝައްކުތަކެއް އުފެދުނީ އޭނާ މަރުވެފައި އޮތްއިރު ކަރުގައި ޒަހަމްތަކެއް ހުރުމުންނާއި އޭނާ މަރުވެފައި އޮތް ތަނުން ލޭ ހުރި ވަޅިއެއް ފެނުމުންނެވެ. 

ޒަކިއްޔާ މަރާލީ ކަމަށް ރަށުގެ ގިނަ ބަޔަކު ތުހުމަތުކުރާއިރު އެފަދަ ހެއްކެއް އަދި ނުލިބޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވަނީ ޒަކިއްޔާގެ ތަހުގީގަށް އެބްއީއައިގެ އެހީތެރިކަން ހޯދަމުން އަންނަ. ކަމަށް ބުނެފައެވެ. 

އެނގިފައިވާ ގޮތުގައި އެފްބީއައިގެ އެހީތެރިކަން ހޯދަނީ، ރަށު މީހުންގެ ޝަކުވާ ބޮޑުވެފައި ވާތީ ފުލުހުންގެ ތަހުގީގު ހިނގި ގޮތުގެ ރިވިއުއެއް ހެދުމަށެވެ. މިނިވަން ތަހުގީގީ އިދާރާއެއް ތަހުގީގުގައި ބައިވެރިކޮށް، ޝައްކުތައް ސާފުކުރުމަކީ ވެސް ބޭނުމެއް ކަމަށް އެނގިފައިވެ އެވެ.


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok