ހައްދުންމަތީ ހިތަދޫ ކައުންސިލްގެ ތިން ވަނަ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ޖާގަ ފެކްޝަން ސްޕޯޓްސް ކްލަބާއި ޓީމް އެޗްއެޗްސީއިން ހޯދައިފިއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ، ފެކްޝަން ޗެލެންޖާއި ފެކްޝަން ސްޕޯޓްސް ކްލަބެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ފެކްޝަން ސްޕޯޓްސް ކްލަބުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ފެކްޝަން ސްޕޯޓްސް ކްލަބުގެ ބޭރު ކުޅުންތެރިޔާ ނިރުމާނީ ސްލޯޗަނާ (ޖާޒީ ނަންބަރު 5) އެވެ.
ދެވަނަ މެޗުގައި ބައްދަލުކުރީ، އެޗްސީ ކަނބަލުންނާއި ޓީމް އެޗްއެޗްސީއެވެ. އެ މެޗު ޓީމް އެޗްއެޗްސީން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ، އެޗްއެޗްސީގެ އާމިނަތު ޝާހާ ޝާމިން (ޖާޒީ ނަންބަރު 10) އެވެ.
މުބާރާތުގެ ތިން ވަނަ މެޗުގައި ބައްދަލުކުރީ، ޓީމް އެޗްއެޗްސީއާއި ފެކްޝަން ސްޕޯޓްސް ކްލަބެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ފެކްޝަން ސްޕޯޓްސް ކްލަބުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ފެކްޝަންސް ސްޕޯޓްސް ކްލަބުގެ ބޭރު ކުޅުންތެރިޔާ ނިރުމާނީ އެވެ.
ހަތަރު ވަނަ މެޗުގައި ފެކްޝަން ޗެލެންޖާ ދެކޮޅަށް ނުކުތީ ޓީމް އެޗްސީ ކަނބަލުންނެވެ. އެ މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ފެކްޝަން ޗެލެންޖުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ފެކްޝަންގެ މަރިޔަމް ހަމްނާ (ޖާޒީ ނަންބަރު 8) އެވެ.
މުބާރާތުގެ ފަސް ވަނަ މެޗުގައި ބައްދަލުކުރީ ޓީމް އެޗްއެޗްސީއާއި ފެކްޝަން ޗެލެންޖެވެ. އެ މެޗު ތިން ސެޓުން ކާމުޔާބުކުރީ ޓީމް އެޗްއެޗްސީންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީ އެޗްއެޗްސީގެ މަރިޔަމް އަޒީފާ (ޖާޒީ ނަންބަރު 2) އެވެ.
މުބާާރާތުގެ ހަ ވަނަ މެޗުގައި ބައްދަލުކުރީ، ފެކްޝަން ސްޕޯޓްސް ކްލަބާއި ޓީމް އެޗްސީ ކަނބަލުންނެވެ. އެ މެޗު ތިން ސެޓުން ގެންދިޔައީ ފެކްޝަން ސްޕޯޓްސް ކްލަބުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކީވެސް ފެކްޝަންގެ ނިރުމާނީއެވެ.
މިއާއެކު، ފެކްޝަން ސްޕޯޓްސް ކްލަބުން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ އެއްވެސް މެޗަކުން ބަލި ނުވެ އެއް ވަނަ ޓީމުގެ ގޮތުގައެވެ. ޓީމް އެޗްއެޗްސީން މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް ދެ ވަނަ ޓީމުގެ ގޮތުގައެވެ.
މި މުބާރާތުގެ ފައިނަލް އޮންނާނީ މާދަމާ ރޭ 20:30 ގައެވެ.
މި މުބާރާތުގެ ފައިނަލް މެޗުގެ އަޕްޑޭޓްސް އިންކް އެންޑް ޕިކްސަލްގެ ފޭސްބުކު ޕޭޖް އިން ލިބޭނެވެ. އަދި ލައިވް ކޮށްވެސް އެ މެޗު ބަލާލެވޭނެއެވެ.