އަޅުގަނޑާއި ރައީސްގެ ގުޅުން ރަނގަޅު ނަމަ ފައިސަލް ވަކިނުކުރާނެ: އަބްދުއްރަހީމް

Follow @loamaaOnline
None

ރައީސް މުއިއްޒާއި އަބްދުއްރަހީމް


ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި އޭނާއާ ދެމެދު އޮތް ގުޅުން ރަނގަޅު ނަމަ ދަރިކަލުން އިބްރާހިމް ފައިސަލް ޓޫރިޒަމް މިނިސްޓަރުކަމުން ވަކިނުކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ވަނީ ޓޫރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށް އެ މިނިސްޓްރީގެ ހިންގުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ހަވާލުކޮށްފައެވެ. ނަމަވެސް ފައިސަލް މަގާމުން ވަކިކުރި ސަބަބެއް ސާފެއް ނޫނެވެ. 

ފައިސަލް ވަކިކުރުމާ ގުޅޭ ގޮތުން އޮންލައިން ނޫހެއް ކަމުގައިވާ "ދައުރަށް" އަބްދުއްރަހީމް ފޯނުން ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވީ، ފައިސަލް ވަކިކުރުމަކީ ވަރަށް ދެރަވަރުކޮށް ކުރެއްވި ކަމެއް ކަމަށާއި ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

"މިވެރިކަން ފެށުނުއިރު [ރައީސް މުއިއްޒުއާ އެކު] އޮތް ގާތްގުޅުމާއި އިތުބާރު އޮތް ނަމަ މިކަން މިގޮތަށް ނުހިނގާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ، ރައީސްއާ ދެކޮޅަށް ފައިސަލް އެއްވެސް ކަމެއްް ނުކުރައްވާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ނަމަވެސް ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވުމުން ފައިސަލް ދެން ސަރުކާރާއެކު ނުހުންނަވާނެ ކަމަށެވެ. 


ތަފާތު ހިޔާލު، އެއްތަނަކުން

ތަފާތު މައުލޫތަކުގެ އެކި ލިޔުންތަކާއި ހިޔާލު، ތަފާތު ލިޔުންތެރިންގެ ނަޒަރުން. ތިޔަބޭފުޅުން ޝައުގުވެރިވާ މައުލޫމާތާއި ލިޔުންތަކާއި ވާހަކަތައް އަދި ތަޖުރިބާތައް އެއްތަނަކުން.

ފޮލޯ ކޮށްލުމަށް

  1. Twitter
  2. Facebook
  3. LinkedIn
  4. TikTok