ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް، އެ މަގާމުން ވަކިކޮށްފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޓޫރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކިކުރެއްވީ މިއަދު ކަމަށެވެ. އެ މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
ފައިސަލް މަގާމުން ވަކިކުރެއްވިއިރު، އޭނާ އެ މަގާމުން ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއް ނުކުރެއެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ފައިސަލް އައްޔަން ކުރެއްވުމުން ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ. ފައިސަލަށް އެންމެ ބޮޑަށް ފާޑު ކިޔުން އަމާޒުވީ އޭނާގެ އިނގިރޭސި ބަހުން ވާހަކަ ދެއްކެވުމުގެ ފެންވަރު ދަށްވުމުގެ ސަބަބުން ކަމަށެވެ.
ފައިސަލް އަކީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ފެ ދަރިކަލުންނެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ އަބްދުއްރަހީމްގެ ބާރުގައި ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.